Last Updated: June 30, 14:08
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ސަރްކާރް 3" ގެ ޕޯސްޓަރު ދައްކާލައިފި

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމް "ސަރްކާރް 3" ގެ ޕޯސްޓާ ރިލީޒް ކޮށްފިއެވެ.

ރާމް ގޯޕާލް ވަރްމާގެ ފިލްމްގައި އެކްޓް ކޮށްފައިވާ ލީޑް ތަރިން ކަމަށްވާ އަމީތާބް ބައްޗަން، ޔާމީ ގޯތަމް، ޖެކީ ޝްރޮފް، މަނޯކް ބާޖްޕާއީ އަދި އަމިތު ސަދް އަލަށް ނެރުނު އެފިލްމްގެ ޕޯސްޓަރުން ފެނިގެން ދެއެވެ.

"ސަރްކާރް 3" އަކީ ސަރްކާރް ފްރެންޗައިޒްގެ ތިންވަނަ ފިލްމެވެ. ފިލްމްގައި ލީޑް ރޯލް ކަމަށްވާ ސުބާޝް ނާގްރޭ (ސަރްކާރް) ގެ ރޯލުން ފެނިގެންދާނީ އަމީތާބް ބައްޗަން އެވެ. މީގެ އިތުރުން މަނޯޖް ބާޖްޕާއީ ވަރަށް 'އިންޓެންސް' ރޯލަކުން ފެނިގެންދާއިރު، ޔާމީ ގޯތަމް ފެނިގެންދާނީ އައްނޫ ކަރްކަރޭ ގެ ރޯލުންނެވެ.

މި ފިލްމުން ފެނިގެންދާނެ އިތުރު އެކްޓަރުންގެ ތެރޭގައި ރޯނިތު ރޯއި، ޕާރަގް ތިޔާގީ، ބާރަތު ޑަބޮލްކަރް އަދި ރޯހިނީ ހައްޓަންގަޑީ ވެސް ހިމެނެއެވެ.

"ސަރްކާރް 3" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު އެވެ.ހ