Last Updated: June 27, 07:18
Saturday, June 27, 2026
ކުޅިވަރު

ލިވަޕޫލް ބަލިކޮށް ލެސްޓާ އަށް އަހަރުގެ ފުރަތަމަ މޮޅު

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ކޯޗު ކްލައުޑިއޯ ރަނެއޭރީ ވަކިކުރުމަށް ފަހު ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް 1-3 އިން ބަލިކޮށްފިއެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ މައްޗަށް ލެސްޓާ ސިޓީ ވަނީ މެޗު ޑޮމިނޭޓު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާ ވަނީ ދެ ގޯލު ޖަހާފައެވެ. 28 ވަނަ މިނެޓުގައި ވާޑީ ފުރަތަމަ ގޯލު ޖަހާފައިވާއިރު 39 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައިވަނީ ޑެނީ ޑްރިންކްވޯޓާއެވެ.

ލެސްޓާ އިން މެޗުގެ ލީޑު 0-3 އަށް ފުޅާ ކޮށްފައިވަނީ ދެވަނަ ހާފުގައި ވާޑީގެ އިތުރު ގޯލަކާއެކުގައެވެ. ލިވަޕޫލްގެ ހަމައެކަނި ގޯލު ރޭގެ މެޗުގައި ޖަހާފައިވަނީ ފިލިޕް ކޫޓީނިއޯއެވެ.

ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު މެޗެއް ނުކުޅެ ރޭގެ މެޗަށް ނިކުތް ލިވަޕޫލް ޓީމުގެ ފަރާތުން ފެނުނީ ވަރުބަލި ކަމެވެ. ފޯރިއާއެކު ކުޅެ، މޮޅުވުމުގެ ރޫހެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

ކުރިއަށް އޮތް މެޗުގައި އާސެނަލްއާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު މެޗުން ބަލިވެއްޖެނަމަ ހަވަނަ އަށް ވެއްޓުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފައެވެ. ރޭގެ މެޗުން ބަލިވެ ސަޕޯޓަރުން ވަނީ ކޯޗު ޔާގަން ކްލޮޕްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.