Last Updated: June 27, 07:18
Saturday, June 27, 2026
ސިޔާސީ

ސަރުކާރުން ގައުމަކަށް ގެއްލުމެއް ނުދޭނެ: މުއާޒް

ނޫސްވެރިންނާއި ބައްދަލުކޮށް މުއާޒް ވާހަކަދައްކަނީ: ފޮޓޯ - ސަން

ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަތޮޅުތަކުގެ ތަރައްގީއަށް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅުމަށް ތަފާތު ވާހަކަ ދެއްކި ނަމަވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާނެ ކަމަށެވެ.

ފ.އަތޮޅު ސައޫދީ އަރަބިއްޔާއަށް ވިއްކާލަން ސަރުކާރުން އުޅޭ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާތީ އެކަމާއި ގުޅޭގޮތުން މުއާޒް ވިދާޅުވީ ތަރައްގީ އަށް ހުރަސް އެޅުމުގެ މަސައްކަތް ހުއްޓާލުމަށެވެ. އަދި އެފަދަ ވާހަކަތައް ގަބޫލުކޮށް އިދިކޮޅު ފަރާތްތަކުގެ ބަހަށް ތަބައަ ނުވުމަށް މުއާޒް ވަނީ ރައްޔިތުންނަށް ގޮވާލާފައެވެ.

ސަރުކާރުން ކުރާ ތަރައްގީގެ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ހުރަސްއެޅިޔަސް އެންމެ ފަހަރަކުވެސް ސަރުކާރުގެ މަސައްކަތަށް ނާކާމިޔާބީއެއް ލިބިފައިނުވާ ކަމަށާއި މިސަރުކާރު ދެމިއޮތްހާ ދުވަހަކު ތަރައްޤީގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މުއާޒް ވަނީ ތަކުރާރުކޮށްފައެވެ.