Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ޖުނެއިދު އެމްޕީއެލްގެ ސީއީއޯކަމުން އިސްތިއުފާ ދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސިއީއޯގެ މަގާމުން މުހައްމަދު ޖުނެއިދު އިސްތިއުފާ ދެއްވައިފިއެވެ.

ޖުނައިދު އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ވިޔަފާރި އަށް އިސްކަންދިނުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބޮޑެތި ވިޔަފާރިތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ ޖުނައިދު ވިދާޅުވެފައިވަނީ ވިޔަފާރިއާއި އާއިލާއަށް ވަގުތު ނުދެވޭތީ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.

ސަރުކާރުގެ އެހެން މަގާމަކުން ފެނުމަކީ ދުރުކަމެއް ކަމަށް ދޭހަވާ ގޮތަށް ޖުނައިދު ވަނީ އޮންލައިން މީޑިޔާ "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.