Last Updated: July 12, 18:12
Saturday, July 12, 2025
ސިޔާސީ

މަހާތީރާއި މައުމޫން ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރާއެކު-- ފޮޓޯ/ މައުމޫން އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ކަމަށްވާ ޑރ. މަހާތީރު މުހައްމަދު އާއި ބައްދަލު ކުރައްވައިފިއެވެ.

ރައީސް މައުމޫން އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، ރޭ ޑރ. މަހާތީރު އަދި އަނބިކަނބަލުން ސިއްތި ހަސްމާ ދެއްވި ފަރީއްކޮޅެއްގައި ބައިވެރިވެވަޑައިގެން ކަމަށް ރައީސް މައުމޫންގެ އޮފީހާއި ހަވާލާދީ ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އެގޮތުން އެ ފަރީއްކޮޅު ބާއްވާފައި ވަނީ ރައީސް މައުމޫން އާއި އަނބިކަނބަލުން ނަސްރީނާގެ ޝަރަފުގައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

މާލޭ އިސްލާމީ މަރުކަޒު ބިނާ ކުރުމުގެ މަސައްކަތުގައި އުޅުއްވި ބައެއް ބޭފުޅުންވެސް ވަނީ އެ ފަރީއްކޮޅުގައި ބައިވެރިވެވަޑައިގެންފައެވެ.

ރައީސް މައުމޫން އާއި އަނބިކަނބަލުން ނަސްރީނާގެ ޝަރަފުގައި އެ ފަރީއްކޮޅު ބޭއްވި ކަމަށްޓަކައި ރައީސް މައުމޫން ވަނީ ޑރ. މަހާތީރުގެ ދެކަނބަލުންނަށް ޝުކުރު އަދާ ކުރައްވައި ހެޔޮ ދުޢާ ކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭ އާއިމެދު މެލޭޝިއާ އިން ބަހައްޓާ ގާތްކަމާއި ދެއްވާ އެއްބާރުލުމަށްޓަކައި ވެސް ރައީސް މައުމޫން ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ރޭ ބޭއްވި ފަރީއްކޮޅުގައި ޑރ. މަހާތީރު މުހައްމަދު ވިދާޅުވި ގޮތުގައި ގިނަ ދުވަސްތަކަކަށް ފަހު ރައީސް މައުމޫން އާއި ބައްދަލު ވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޙާލަތާއިމެދު އެމަނިކުފާނު ވަނީ މަޢުލޫމާތު އޮޅުން ފިލުވާފައެވެ.