Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ލަންކާގައި ދިވެހި ދަރިވަރަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދާ ޒުވާނާގެ ފޮޓޯއާއި އޭނާއާ ބެހޭ މައުލޫމާތު ހިމެނޭ ޕޯސްޓަރެއް --

އަވަށްޓެރި ސްރީލަންކާގައި ކިޔަވަމުން ދިޔަ ދިވެހި ފިރިހެން ދަރިވަރަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން ގެއްލިގެން ހޯދަމުން ދަނީ އުމުރުން 18 އަހަރުގެ މުހައްމަދު ޝައްމާޚެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އޭނާ ކިޔަވަމުން އައީ ލަންކާގެ ދެހިވަލާ ގައި ހުންނަ އެމެރިކަން ކޮލެކް އޮފް ހަޔާ އެޑިއުކޭޝަން ގައެވެ.

އޭނާ ގެއްލިގެން ހޯދަމުންދާ ކަމުގެ މަޢުލޫމާތު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ލިބިފައި ވަނީ އަންގާރަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ހީނާ ވަލީދު އާއި ހަވާލާދީ ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ލަންކާގެ ފުލުހުންނާއި އެމްބަސީ އިން ވެސް ދަނީ ކުރަމުން ކަމަށް ހީނާ ވިދާޅުވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ޝައްމާޚް ގެއްލިގެން އުޅެނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ހެނދުނުން ފަށައިގެންނެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްވެސް ލަންކާގައި ގެއްލިގެން އުޅުނު ނަމަވެސް އޭނާ ވަނީ ހަމަ އެދުވަހު ތެރޭގައި ހޯދާފައެވެ.