Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ސިފައިންނަށް ވޯޓް ނުލެވޭ ގޮތް ހަދަނީ

ދިވެހި ސިފައިންނަށް އިންތިހާބް ތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނަށް ބަދަލު ހުށަހަޅުއްވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ސިފައިންގެ ހެވިކަމުގެ މުބާރާތް ފެށުމަށް ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސިފައިންނަށް އިންތިހާބް ތަކުގައި ވޯޓުލެވޭކަމަށް ސިފައިންގެ ގާނޫނުގެ ވިހި ވަނަ މާއްދާގައި ބުނެފައިވާތީ އެމާއްދާ އުވާލުމަށް މިއަހަރު ތެރޭގައި މަޖްލިސްއަށް ހުށަހަޅުއްވާނެކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެމާއްދާ އުވާލަން ހުށަހަޅަނީ ސިފައިންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާނެޖެހޭތީކަމަށެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ ވުޖޫދު ވުމުގެ ކުރިން ރާއްޖޭގައި ސިފައިންނާއި ފުލުހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައެއް ނުވެއެވެ.