ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސަޕޯޓަރެއް ކަމަށްވާ ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަޝްރަފް(ޝުމްބާ ގޮންގް) އަހަރަކަށްވުރެ ގިނަ ދުވަހު ޖަލުގައި ބަންދުކުރުމަށް ފަހު ގޭބަންދަށް ދޫކޮށްލައިފިއެވެ.
ޝުމްބާ ފުލުހުން ހައްޔަރު ކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް މަރުގެ އިންޒާރު ދީ ބިރު ދެއްކުމުގެ ތުހުމަތުގައެވެ.
ޒާހިދު ރަމީޒް ކޯޓުގައި ބުނެފައިވަނީ އަޝްރަފް ވަނީ ވައިބާ، ޓުވިޓާ އަދި އެސްއެމްއެސް މެދުވެރިކޮށް އޭނާއަށް އިންޒާރުދީ ބިރުދައްކާފައި ކަމަށެވެ. އަދި އޭނާގެ އާއިލާއަށް ޑރ.އަފްރާޝީމް އަވަހާރަކޮށްލާފައިވާ ފޮޓޯއާއި ބޭރު މީހުން މަރާލެވިފައިވާ ފޮޓޯތައް ފޮނުވައި ބިރު ދެއްކި ކަމަށްވެސް ޒާހިދު ރަމީޒު ބުނެފައިވެއެވެ.
މިމައްސަލާގައި ކޯޓުން އެންމެ ފަހަކަށް ތާވަލު ކުރި އަޑު އެހުން ވަނީ ކެންސެލް ކޮށްފައެވެ.