Last Updated: June 27, 07:09
Saturday, June 27, 2026
ޚަބަރު

ޓްރަމްޕުގެ އިނގިރޭސި ދަތުރުފުޅު ލަސްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސި ބޮޑުވަޒީރު ތެރޭސާ މޭގެ ދައުވަތަކަށް އިނގިރޭސިވިލާތަށް ކުރުމަށް ހަމަޖެހުނު ޒިޔާރަތުގެ ދަތުރުފުޅު ދެބޭފުޅުން އެއްބަސްވެ ލަސްކޮށްފިއެވެ.

ޓްރަމްޕް އިނގިރޭސި ވިލާތަށް ދިއުމަށް ހަމަޖެހުމުން އެގައުމުގައި ވަނީ ޓްރަމްޕާއި ދެކޮޅަށް މުޒާހަރާތަކާއި އިހުތިޖާޖުތައް ކޮށްފައެވެ. ޓްރަމްޕުގެ ދަތުރު ލަސްކޮށްފައިވަނީ އިހުތިޖާޖުތަކުގެ ސަބަބުން ކަމަށް ޚަބަރު ލިބެއެވެ.

ޖޫން މަހު ކުރުމަށް ހަމަޖެހުނު މިދަތުރު މިހާރު ވަނީ އޮކްޓޯބަރު މަހަށް ލަސްކުރެވިފައެވެ. ޓްރަމްޕާއި ދެކޮޅަށް އިނގިރޭސި އާންމު ރައްޔިތުން މަގުތަކުގައި އިހުތިޖާޖު ކުރަމުންދާއިރު މަޖިލިސް މެމްބަރުން ވަނީ މަޖިލިސް ތަޅުމުގައި އިހުތިޖާޖުކޮށްފައެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާ ރައީސް ކަމާއި ހަވާލުވިފަހުން ވަނީ ގަބޫލުކުރަން ދަތި ގިނައަދަދެއްގެ ނިންމުންތަކެއް ނިންމާފައެވެ. ޓްރަމްޕާއި ދެކޮޅަށް އިހުތިޖާޖު ފެށުނީ މުސްލިމް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ވެއްދުން މަނާކުރުމަށް ނިންމި ނިންމުމާއި ގުޅިގެންނެވެ. ނަމަވެސް އެމެރިކާގެ ކޯޓަކުން ވަނީ އެނިންމުމަކީ ގާނޫނާއި ޚިލާފު ނިންމުމެއް ކަނޑައަޅައި "މުސްލިމް ބޭން" ބޭން ކޮށްފައެވެ.

އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ޓްރަމްޕް އަދިވެސް އިނގިރޭސި ދަތުރުކުރުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އިހުތިޖާޖުތައް މަޑުޖެހުމުން ދަުތުރު ކުރުމަށް ބޭނުންވާ ކަމަށް "ދަސަން" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.