Last Updated: June 27, 07:05
Saturday, June 27, 2026
ޚަބަރު

ގަމުން ފުރި ފްލައިޓެއް އަނބުރާ ޖައްސައިފި

ގަމުން މާލެ ފުރި މޯލްޑިވިއަންގެ ކިއު ޓޫ 105 ފްލައިޓު ގަމުގެ ރަންވޭ އިން ނެއްޓުމަށްފަހު ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އަނބުރާ ގަމުގައި ޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފްލައިޓު އަނބުރާ ރަންވޭގައި ޖެއްސުމަށް ފަހު ބޯޓުގައި ތިބި ހުރިހާ ޕެސެންޖަރުން ވަނީ ބޯޓުން ބާލާފައެވެ.

ބޯޓަށް ދިމާވި މައްސަލައިގެ ތަފްސީލެއް މިހާތަނަށް ލިބިފައިނުވިނަމަވެސް ބޯޓު އަނބުރާ ޖައްސާފައިވަނީ ދަތުރު ފުރިހަމަ ކުރެވޭނެ ކަމާއި މެދެ ޕައިލެޓަށް ޝައްކު ކުރެވިގެން ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދީފައިވެއެވެ.