ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު އޭޝިޔާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑޮނީޝިއަށް ވަޑައިގެންފިއެވެ.
އިންޑޮނީޝިއާއަށް ސަލްމާން ރަސްގެފާނު ވަޑައިގަތުމުން ގިނަ ބަޔެއްގެ ނަޒަރު ހުއްޓިފައިވަނީ ރަސްގެފާނު ދަތުރުކުރެއްވި ބޯޓުގެ ރަން ސިޑިން ފައިބައިވަޑައިގެންނެވިތަނެވެ.
ސަލްމާން ރަސްގެފާނުގެ އިސްތިގުބާލުގައި ޖަކާޓާގެ އެއާޕޯޓަށް ސަރުކާރުގެ ބޮޑެތި ބޭފުޅުން ވަޑައިގެންތިއްބެވެ. އިގްތިސޯދީ ގޮތުން ސައޫދީ އަރަބިއްޔާއާއި އިންޑޮނީޝިއާއި ވަރުގަދަ ގުޅުންތައް މިދަތުރުގައި ގާއިމް ކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އުމުރުފުޅުން 81 އަހަރުގެ ރަސްގެފާނަށް ޚާއްސަ ވީއައިޕީ ފާޚާނާއެއް ޖަކާޓާގެ މިސްކިތުގައި ތައްޔާރުކުރުމަށް އެންގުނެވެ. 506 ޓަނުގެ މުދާ ރަސްގެފާނާއި އެއްކޮށް އިންޑޮނީޝިއާއަށް ދަތުރުކޮށްފައިވާއިރު ދެ އެސްކެލޭޓަރާއި ދެ މާސީޑީސް ބެންޒު ލިމޯވެސް ރަސްގެފާނާއި އެއްކޮށް އިންޑޮނީޝިއާއަށް ގޮސްފައިވެއެވެ.
މިމަހުގެ ތެރޭގައި ސައޫދީ ރަސްގެފާނު ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު މިހާރު ވަނީ 3 ރިސޯޓެއް އެއްކޮށް ބުކްކޮށްފައެވެ. 1500 އޮފިޝަލުން ވަނީ ރަސްގެފާނުގެ ދަތުރުފުޅުގެ ކުރިން ރާއްޖެއަށް އައިސްފައެވެ.