ކޯޓު އަމުރެއްގެ ދަށުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ހަރުގެ އަށް ފުލުހުން ވަދެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެފައިވަނީ ރާއްޖެއަށް އަންނަން ހަމަޖެހިފައިވާ އިއްޒަތްތެރިންގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ ކަމެއް އެތަނުގައި ރާވަމުންދާ ކަމުގެ ތުހުމަތުގައެވެ.
Court amurehge dhashun H. Veyovila 2 balafaaskurun: pic.twitter.com/wJ2aU1SAAW
— Maldives Police (@PoliceMv) March 1, 2017
ފުލުހުން ވަދެފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ 'މަތިހަމަގެ' ހަރުގެއަށެވެ. އެމްޑީޕީ އިން ބުނެފައިވަނީ މިއީ އެއްވެސް ހަމައެއްގެ މައްޗަށް ބިނާކޮށް ކުރެވޭ ފާހެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާމަން، ހުސެން އަމްރު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ކުރިން ކުރި ކަމެއް ކަމަށެވެ.
Haruge ah vadhegen ulhenee council inthikhaabu ge campaign huttuvan.
Yameenah yageen vee MDP inthikhaabu kaamiyaabu kuraane kan.
— Amr 🎈 (@HusenAmr) March 1, 2017
ދެގަޑިއެއްހާއިރު ވަންދެން ފުލުހުން ފާސްކުރި ހަރުގެއިން ގެންދިޔައީ ކަޅު ކޮތަޅަކާއި ފޮތި ރޯލެކެވެ. ސާމާނު ގެންދިޔަ ސަބަބެއް ފުލުހުން ބުނެފައި ނުވެއެވެ.