Last Updated: June 27, 07:09
Saturday, June 27, 2026
ކުޅިވަރު

ލުއިސް އެންރީކޭ ބާސާ ދޫކޮށްލަނީ

ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި މިހާރުގެ ކޯޗު ލުއިސް އެންރީކޭ ސީޒަން ނިމުމުން ކުލަބު ދޫކޮށް ދިއުމަށް ނިންމައިފިއެވެ.

އެންރީކޭގެ ކޮންޓްރެކްޓް ޖޫން ގައި ހަމަވާއިރު އޭނާ ވަނީ ކޮންޓްރެކްޓް އާނުކޮށް "ރެސްޓް" ކުރުމަށް ނިންމާފައެވެ. ރޭ ސްޕޯޓިން ގިޖޮން ތަފާތުބޮޑު 1-6 ގެ ނަތީޖާއިން ބަލިކޮށް މެޗަށްފަހު އެންރީކޭ ދިން އިންޓަވިއުގައި ބާސާ ދޫކޮށްލާނެ ކަން ވަނީ ކަށަވަރުކޮށްދީފައެވެ.

"އަހަރެން އަންނަ ސީޒަނުގައި ބާސާ ކޯޗު ކަމުން ދުރުވުމަށް ނިންމައިފިން. މިއީ އުނދަގޫ ނިންމުމެއް، އެހެންނަމަވެސް އަހަންނަށް މިސީޒަނަށް ފަހު ރެސްޓެއް މުހިއްމު" އެންރީކޭ ބުނެފައިވެއެވެ.

އެންރީކޭ ވަނީ 2014 ވަނަ އަހަރު ބާސާގެ މެނޭޖަރު ކަމާއި ހަވާލުވުމަށް ފަހު ޖެހިގެން އައި ސީޒަނުގައި ލަލީގާ، ޗެމްޕިއަންސް ލީގު އަދި ކޮޕަ ޑެލްރޭ ނެގުމަށްފަހު ޓްރެބެލް ހޯދާފައެވެ. ޖެހިގެން އައި ސީޒަނުގައިވެސް ލީގު ތަށި އެންރީކޭ ވަނީ ބާސާއަށް ހޯދާދީފައެވެ.

މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 0-4 އިން ބަލިވެ ޗެމްޕިއަންސް ލީގާއި އަލްވަދާއި ކިޔަން ޖެހުމުގެ ބިރާއި ކުރިމަތިލާފައެވެ.

އެންރީކޭ އަށް ފަހު ބާސާގެ ކޯޗު ކަމާއި ހަވާލުވާނީ "ސުޕަ ކޯޗު" ކަމަށް ބާސާގެ ރައީސް ވަނީ ބުނެފައެވެ.