Last Updated: May 18, 10:25
Saturday, May 18, 2024
ކުޅިވަރު

ހައި ސްކޫލުން އަތޮޅު މަދަރުސާ ކޮޅަށް 10 ގޯލް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކުރިއަށް ގެންދާ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ މުބާރާތުގެ ފުރަތަމަ މެޗް އައްޑޫ ހައި ސްކޫލް ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.

އައްޑޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗް ފަސޭހަ ކަމާއި އެކު ހައި ސްކޫލުން ކާމިޔާބް ކުރީ 10-1 ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި އައްޑޫ ހައި ސްކޫލްގެ ހާޒިމް 4 ލަނޑު އަދި ރަފާހު ވެސް ވަނީ 3 ލަނޑު ޖަހާފައެވެ. އަނެއް ތިން ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އަލްސަން ޒުހުރީ، ސޮބާހް އަދި ޝާނިޒެވެ.

މުބާރާތުގެ މެޗެއް މިއަދު ހަވީރު ވެސް ކުޅޭނެއެވެ. އެ މެޗްގައި ބައްދަލުކުރާނީ ޝަރަފުއްދީން ސްކޫލާއި، އިރުޝާދިއްޔާ ސްކޫލެވެ.