Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

މުގާބޭގެ ޒިމްބާބުވޭގައި ވެސް ސިފައިން ވޯޓް ލާ

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އަކީ އޭނާގެ ގައުމުގެ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމާއި އަނިޔާކުރުން އަދި އިގުތިސާދު ހަލާކުކުރާ ކަމަށް މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގަވާ ކަމުގެ ތުހުމަތުގައި ބައެއް ގައުމުތަކަށް ދަތުރުކުރުން ވެސް އެގައުމުތަކުން މަނާކޮށްފައިވާ ބޭފުޅެކެވެ.

ޒިމްބާބުވޭގެ ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ ބައެއް ހައްގުތަކުން މަހްރޫމުކޮށްފައިވާ މައްސަލައިގައި ޔޫރަޕްގެ އިއްތިހާދުން މުގާބޭއާ ދެކޮޅަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

މިހުރިހާ ކަމަކާއި އެކު ވެސް ޒިމްބާބުވޭގައި ވޯޓު ލުމުގެ ހައްގު 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް ވަނީ ދީފައެވެ. އޭގެ ތެރޭގައި އެގައުމުގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ވެސް ހިމެނެއެވެ.

މުގާބޭގެ ސަރުކާރުގައި ސިފައިންނަށް ވޯޓު ލެވޭ ގޮތަށް އޮތަސް އެގައުމުގެ އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ތުހުމަތު ކުރެއެވެ.