ދެކުނު އެފްރިކާގެ ޗާލްޓް މެކްސީކް ހޮސްޕިޓަލުގެ ފުރާޅު ވެއްޓި އެތެރޭގައި ތިބި މީހުން ތާށިވެއްޖެއެވެ. ޚަބަރު ލިބޭ ގޮތުގައި އެންމެ މަދުވެގެން ފަސް މީހަކު ވަނީ ފުރާޅު ވެއްޓި އެތެރޭގައި ތާށިވެފައެވެ.
މިހާތަނަށް ސަލާމަތްކުރެވިފައިވާ މީހުންގެ ތެރޭގައި ދެ ބަލި މީހަކާއި ދެ މަސައްކަތު މީހުންނާއި ހޮސްޕިޓަލުގެ މުވައްޒަފަކު އެފްރިކާ ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ އެމީހުން ދުވެފައި ދިޔައީ ގިނަ ބަޔެއްގެ ހަޅޭކުގެ އަޑަށެވެ. އަދި ދެވުނު އިރު ފުރާޅު އެއްކޮށް ކަހަލަ ގޮތަކަށް ވެއްޓި ވީރާނާވެފައިވާ ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައިވެއެވެ.
https://twitter.com/wervermaak/status/837291954954199041
މީހުން ސަލާމަތްކުރުމަށް އޮފިޝަލުން ކުރަމުންދާ މަސައްކަތަށް ވެހެމުންދާ ބޯ ވާރޭގެ ހުރަސް އެޅިފައިވިނަމަވެސް އެތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް އޮފިޝަލުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
އެފްރިކާގެ ހެލްތު ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދި ފުރާޅު ވެއްޓުނު ސަބަބެއްވެސް އަދި އަނިޔާވި މީހުންގެ އަދަދާއި އަނިޔާގެ ތަފްސީލެއްވެސް ދެވެން ނެތް ކަމަށެވެ.
ޚަބަރު ލިބޭ ގޮތުގައި ފުރާޅު ވެއްޓިދާނެ ކަމުގެ ބިރު ހީވާކަމަށް މީގެ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ހޮސްޕިޓަލުގެ މެނޭޖުމެންޓާ ހިއްސާކޮށްފައެވެ.