ދިވެހިންގެ ބިމުގެ ދިފާއުގައި މިއަދު ދިވެހި ސިފައިން ނުނިކުމެއްޖެ ނަމަ ގައުމުގެ މުޅި އުމުރުގައި ވެސް ސިފައިންނަށް މަލާމާތް ކުރާނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރ އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
" ރާއްޖޭގެ ބިމާއި ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ(ވޯޓް ދިނުމުގެ ޙައްޤާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު ) ދިފާއުގައި ސިފައިން ނުނިކުމެއްޖެ ނަމަ ދިވެހި ގައުމު މުޅި އުމުރަށް ވެސް ތިޔަ ސިފައިންނަށް މަލާމާތް ކުރާނެ" އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ފާފު އަތޮޅު ސައުދީ އަރަބިއްޔާއަށް 'ވިއްކާލަން' ނިންމާފައިވާއިރު ސިފައިންނަށް ލިބިފައިވާ ވޯޓް ލުމުގެ ހައްގު ގެއްލޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އަލީ ހުސައިން ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ޝަހީދު ހުސައިން އާދަމް ޝަހީދު ހުސައިން އާދަމް ލެޔާއި ފުރާނައިން ގުރުބާންވީ މިގައުމު ބޭރު މީހުންނަށް ވިއްކާލާކަށް ނޫން ކަމަށާއި ދިވެހި ގައުމުގެ މިނިވަންކަމާއި ކަރާމަތާއި ޝަރަފަށްޓަކައި ކަމަށެވެ.