Last Updated: April 30, 17:11
Wednesday, April 30, 2025
ޚަބަރު

ދުނިޔެ ހޫނުވުމާ ދެކޮޅަށް ޓްރަމްޕް މަސައްކަތް ފަށައިފި

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ފެއްޓެވި ދުނިޔެ ހޫނުވުން ނުވަތަ "ގްލޯބަލް ވާމިން" ހުއްޓުވުމަށް ހެދި ސިޔާސަތުތައް އާ ރައީސް ޑޮނަލްޑް ޓްރަމްޕް އަނބުރާ ގެނެސް އޮބާމާގެ މަސައްކަތް ހުއްޓުވުމުގެ މަސައްކަތް ފަށައިފިއެވެ.

ދުނިޔެ ހޫނުވުމާއި، މޫސުމަށް އަންނަ ބަދަލުތަކަކީ ޗައިނާއިން އުފެއްދި ބިލާހެއް ކަމަށް ބުނެފައިވާ ޓްރަމްޕް ވަނީ އެމެރިކާގެ އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރަކަށްވެސް މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ވަކާލާތު ކުރާ މީހަކު އައްޔަން ކޮށްފައެވެ.

އީޕީއޭގެ ޑިރެކްޓިވް ސްކޮޓް ޕްރުއިޓްގެ އެހީއާއެކު ޓްރަމްޕް ވަނީ ކުރީގެ ރައީސް އޮބާމާގެ ކަރަންޓުން ދުވާ ކާރު އުފެއްދުން އިތުރު ކުރުމަށް ފެށި ސިޔާސަތު އަނބުރާ ގެންނެވުމަށް ނިންމާފައެވެ.

އަދި ހަމަ އެހަފްތާގައި، މައުލޫމާތު ލިބޭ ގޮތުގައި ހަމަ އެދުވަހު އޮބާމާގެ "ސާފު ހަކަަތަ ސިޔާސަތު" ނިމުމަކަށް ގެނައުމަށް ނިންމާފައި ކަމަށްވެސް މައުލޫމާތު ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.

އޮބާމާ އެޑްމިނިސްޓްރޭޝަންގެ ދަށުން ވަނީ އެމެރިކާގައި ކާރު އުފައްދާ ކުންފުނިތަކަށް ތިމާވެއްޓާއި ގުޅޭ، ތެޔޮ ޚަރަދު ކުޑަ އަދި ސޯލާ ހައިބްރިޑް ކާރުތައް އުފެއްދުމަށް ބާރު އަޅާފައެވެ. ޓްރަމްޕު ވެރިކަމާއި ހަވާލުވިފަހުން ކާރު އުފައްދާ ކުންފުނިތަކުން ވަނީ އެމަސައްކަތަކީ "މާބުރަ" މަސައްކަތެއް ކަމަށް ބުނެ، މިހާރު އެސިޔާސަތުވެސް ނިމުމަކަށް ގެނައުމަށް ވަނީ ރާވާފައެވެ.