ސައުދީ އަރަބިއާއިން ޔަމަނަށް ކްލަސްޓާ ބޮން ބޭނުންކޮށްގެން ދިން ހަމަލާތަކުގައި ހަ މީހަކު މަރުވެއްޖެއެވެ.
ޔަމަނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައިނަލްއަގުވާމީ ގަރާރުތަކުން މަނާކޮށްފައިވާ ކްލަސްޓާ ބޮން ބޭނުންކޮށްގެން ސައުދީ އަރަބިއާގެ އަސްކަރީ ބޯޓުތަކުން އިއްޔެ ހަމަލާ ދިނީ ވެރިރަށް ސަންއާގެ އުތުރަށް އޮންނަ ސައާދާ ޕްރޮވިންސަށާއި ހައްޖާ ޕްރޮވިންސަށެވެ.
ޔަމަނުގެ ޓީވީ އެއް ކަމުގައިވާ އަލް މަސީރާ ޓީވީން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީ އިން ދިން ހަމަލާތަކުގައި 6 މީހަކު މަރުވުމުގެ އިތުރުން 17 މީހަކަށް ވަނީ އަނިޔާވެފައެވެ.
ސައުދީ އަރަބިއްޔާއިން ލީޑްރޯލެއް އަދާކުރާ ކޯލިޝަނުން ޔަމަނު ހަނގުރާމައިގެ ތެރެއަށް ވަނީ އެ ގައުމުގެ އިންތިޚާބުވެފައިވާ ސަރުކާރު ދެމެހެއްޓުމަށްޓަކައި ކަމަށް ބުނެއެވެ.
2015 ވަނަ އަހަރު ރައީސް އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ނުކުތް ހޫޘީން 2015 ވަނަ އަހަރު ޔަމަނުގެ މައްޗަށް ގަދަވެ ގަނެ، ވެރިރަށް ސަންއާ އާއި އަދަން ފަދަ ރަށްތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.
2015 ވަނަ އަހަރުން ފެށިގެން ޔަމަނުގައި ހިނގާ ހަނގުރާމައިގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަަށް އދ އިން ވަނީ ބުނެފައެވެ.