Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ޓެކްނިކަލް މައްސަލައެއްގައި މޯލްޑިވިއަންގެ ބޯޓެއް ލޭންޑްކޮށްފި

މޯލްޑިވިއަންގެ ކިއު ޓޫ-102 ފްލައިޓު މާލޭ ރަންވޭ އިން ނައްޓާލުމަށްފަހު ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން އަނބުރާ ޖައްސާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލި މިބޯޓަކީ މާލެއިން އައްޑުއަށް ދަތުރު ކުރި ބޯޓެކެވެ.

މޯލްޑިވިއަންގެ ކިއު ޓޫ-105 ފްލައިޓުވެސް ވަނީ ދާދިފަހުން ގަމުން މާލެ ނައްޓާލިފަހުން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ގަމުގައި އަނބުރާ ޖައްސާލާފައެވެ.

މިހާދިސާއާއި ގުޅިގެން މޯލްޑިވިއަންގެ ބަހެއް ލިބިފައިނުވާއިރު ބޯޓުން ފުރި މީހަކު "އައްޑޫލައިވް" އަށް ކިޔާދީފައިވާ ގޮތުން ބޯޓު ޖައްސަން ޖެހުނީ ހޮޅިއެއް ފަޅައިގެންނެވެ.

ބޯޓުގައި ދަތުރުކުރި ހުރިހާ ޕެސެންޖަރުން ވަނީ މިހާރު އެހެން ފްލައިޓެއްގައި އައްޑުއަށް ދަތުރުކޮށްފައެވެ.