މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެއަށް ދިޔަ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ އަންހެނަކު ރޭޕް ކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަން ކަށަވަރުކޮށްދީފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޖިންސީ ގޯނާ ކޮށްފައިވަނީ ވިލިނގިލީގައި ދިރިއުޅޭ 27 އަހަރުގެ އަންހެނެކަށެވެ. އެމީހާ އަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވަނީ ހުޅުމާލެ ސިނާއީ ސަރަހައްދުގައި ކަމަށް ޚަބަރު ލިބިފައިވެއެވެ.
މިއަމަލުގައި ބައިވެރިވެފައިވަނީ ކިތައް މީހުންކަމެއް މީހަތަނަށް އެނގިފައިނުވާއިރު އަދި މިމައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ރޭޕް ކުށެއް ސާބިތުވެއްޖެނަމަ، ހަތިޔާރެއް ބޭނުންނުކޮށް ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިނަމަ 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ. ހަތިޔާރެއް ބޭނުންކުރިކަން ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.