Last Updated: July 3, 08:38
Friday, July 3, 2026
ޚަބަރު

ކައުންސިލުން ހުޅުމީދޫ އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރުމުން ނުރުހުން ފާޅުކޮށްފި

ކައުންސިލުން ހޫލުމީދޫ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ހަފްލާއެއްގައި މޭޔަރާއި ޑެޕިއުޓީ.

ހުޅުމީދޫ އެމްޑީޕީ މެމްބަރުންނާ ބައްދަލު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މެމްބަރުން ހިތަހަމަ ނުޖެހިގެން ނުރުހުން ފާޅުކޮށްފި އެވެ.

ހުޅުމީދޫގެ އެމްޑީޕީ މެމްބަރަކު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ބުނީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު އާއި އަދި ބައެއް އެހެން ކައުންސިލަރުން މިރޭ ހުޅޫމީދު އަށް ވަޑައިގެން އެމްޑީޕީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި މެމްބަރުން ނުރުހުން ފާޅުކޮށްފައިވަނީ ހުޅުދޫމީދޫގެ ބޮޑެތި މަގުތަކުގައި އެސްޔޫއެލްއިން ގާއެތުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެކަން ހުއްޓުވާފައިވާތީ ކަމަށެވެ.
އަދި މެމްބަރުން ވަނީ ހުޅުދޫ މީދުން ގޯތި ދޭނެ ކަމަށް ބުނެ ދެ ފަހަރު މަތީން އިއުލާން ކުރުމަށް ފަހު ވެސް މިއަދާ ހަމައަށް ގޯތި ދޫކޮށްފައި ނުވާތީ އެކަމާ ވެސް ވަރަށް ގަދައަށް ނުރުހުން ފާޅުކޮށް ކައުންސިލާ ދެކޮޅަށް އަޑު އުފުލާފައެވެ.

ސާކް ސަމިޓާ ދިމާކޮށް ހުޅުދޫއާއި މީދޫގެ ބޮޑެތި މަގުތަކުގައި ޖެހުމަށް ގެނައި ލައިޓްޕޯލްތައް މިއަދާ ހަމައަށް ވެސް ޖަހާފައި ނުވާތީ އެކަމާއި ވެސް މެމްބަރުން ކައުންސިލަށް ފާޑު ކިޔައި ނުރުހުން ފާޅުކުރި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލަރުން ވާހަކަ ދައްކަވަން ފެށުމުން އެމްޑީޕީ މެމްބަރުން އެ މީހުނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ނުދިން ކަމަށެވެ.

ސަތޭކަ ޕަސެންޓް އެމްޑީޕީ ކައުންސިލާ ދެކޮޅަށް އެޕާޓީ މެމްބަރުން ނުރުހުން ފާޅު ކުރި އިރު އެ މެމްބަރުން ބުނަމުން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާރު އޮތް ކައުންސިލަށް އެއް ކަމެއް ވެސް ކޮށް ނުދެވޭނެ ކަމަށެވެ. އަދި މޭޔަރަށް ވެސް ވާހަކަ ދެއްކުމަށް ފުރުސަތު ނުދިން ކަމަށް އޭނާ ބުންޏެވެ.

މެމްބަރުން ގޮވަމުން ދިޔައީ މިހާރު އޮތް ކައުންސިލްގެ އެއްވެސް މެމްބަރަކަށް ތާއިދު ނުކުރާނެ ކަމަށާއި ވޯޓު ވެސް ނުދޭނެ ކަމަށެވެ.

"ތިންއަހަރު ވޭތުވެގެން ގޮސްފައިވާ އިރު ކޮށްނުދެވުނުކަ މެއް ކުރިއަށް މި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ކޮށްދެވޭނެ ކަމަށް ގަބޫލެއް ނުކުރަން. އަޅުގަނޑުމެންނަށް ހުވަފެން ދެއްކުމަށް ވަޑައިގެން ތިގޮތަށް ވާހަކަ ދައްކާނެ ކަމެއް ނެތް. އަޅުނގަޑުމެން ތި ވާހަކައެއް ގަބޫލް ނުކުރާނަން." ބައްދަލުވުމަށް ހާޒިރުވި އެމްޑީޕީ މެމްބަރަކު ކައުންސިލަރުންނާ މުޚާޠަބްކޮށް ބުންޏެވެ.