ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދަށް ފާޑު ކިއުމަކީ ދީނަށް ފާޑު ކިއުން ކަމަށް ނުބެލެވޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޟް އަބުދުއްލަތީފު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ވިދާޅުވެފައިވާ ގޮތުގައި ސައުދީ ރަސްގެފަނާއި ދީން އެއް ހަމަ ނުކުރެވޭނެ ކަމަށާއި، ރަސްގެފާނަށް އެއްޗެއް ރައްދު ކުރުމަކީ އިސްލާމް ދީނަށް އެއްޗެހި ކިއުން ކަމުގައި ނުބެލެވޭނެ ކަމަށެވެ.
"ސައުދީ ރަސްގެފާނަށް އެއްޗެހި ކިއުމަކީ ދީނަށް އެއްޗެހި ކިއުން ކަމުގައެއް ނުވާނެ. ރަސްގެފާނާ ދީނާ އެއްވެސް ގުޅުމެއް ނެތް،" 'ވީއެފްޕީ' އަށް ދިން އިންޓަވިއުއެއްގައި ޑރ.އިޔާޟް ވިދާޅުވިއެވެ.
ސައުދީ ރަސްގެފާނަށް އިހުތިރާމު ކުޑަވާ ފަދަ ބަސްތައް ރައްދު ކުރާ ފަރާތްތަކުން އެ ބަލިކަށިކޮށް ލަނީ އިސްލާމީ އުސޫލުތައް ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.ޝައިނީ ވަނީ ވިދާޅުވެފައެވެ.