Last Updated: June 25, 23:09
Thursday, June 25, 2026
ވިޔަފާރި

މޯލްޑިވިއަނުން އަނެއްކާ ވެސް ކޮލޮމްބޯ އަށް

މޯލްޑިވިއަންގެ އެއާބަސް ގަމަށް ޖެއްސި ދުވަހު ކުންފުނީގެ ބައެއް އިސް ވެރިން ފައިބައިގެން ދަނީ. ފޮޓޯ/ ޝަރަފް

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއަށް ކޮލަމްބޯއަށް ދަތުރުކުރުމުގެ ހުއްދަ އެ ގައުމުންދީފިއެވެ.

މޯލްޑިވިއަންއަށް ކޮލަމްބޯއަށް ދަތުރުކުރުމުގެ ހުއްދަ ލިބިފައިމިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މޯލްޑިވިއަންގެ އިސް ބޭފުޅުންތަކެއް ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނިމަލް ސިރިޕާލަ ޑިސިލްވާއާ ބައްދަލު ކުރައްވައި، ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

މޯލްޑިވިއަންއިން ބުނީ ލަންކާއަށް ދަތުރުކުރުމުގެ ހުއްދަ ލިބުމާއި ގުޅިގެން ދަތުރުފެށުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުން އަންނަ ކަމަށެވެ. އަދި ދަތުރުފަށާނެ ތާރީހެއް ކުރިއަށް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިއްލާން ކުރެވޭވަރުވާނެ ކަމަށެވެ.

ދިވެހިން އެންމެ ގިނައިން ދަތުރުކުރާ މަންޒިލަކީ އަވަށްޓެރި ލަންކާއެވެ. އެހެންވެ މޯލްޑިވިއަންއިން ދަތުރު ފެށުމުން ހެޔޮއަގެއްގައި ދަތުރުކުރެވޭނެ ކަމަށް ގަބޫލް ކުރެވެއެވެ.

މޯލްޑިވިއަންއިން އަންނަނީ ޝެޑިއުލް ދަތުރުތައް އިންޑިއާގެ ޓްރެވިންޑަރަމށާއި، މުމްބާއީއަށާއި ބަންގަލަދޭޝްގެ ޑާކާ އަށާއި ބެންކޮކްއަށް އަދި ޗައިނާގެ 5 ޕްރޮވިންސަކަށް ކުރަމުންނެވެ.