އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަދި އާސެނަލް ބައްދަލުކުރި މެޗު 1-3 އިން ލިވަޕޫލް ކާމިޔާބުކޮށް ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
މެޗުގެ ވަރަށް ކުރީކޮޅު ލިވަޕޫލް އިން ވަނީ ގޯލު ޖަހާފައެވެ. 9 ވަނަ މިނެޓުގައި ސަޑިއޯ މަނޭ ހުރަސްކޮށްދިން ބޯޅައެއް ފިރްމީނޯ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
ލިވަޕޫލް ޑޮމިނޭޓްކޮށްގެން ކުޅުނު ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ލީޑު ފުޅާކޮށްފައިވަނީ ފިރްމީނޯ ހުރަސްކޮށްދިން ބޯޅައެއް ސަޑިއޯ މަނޭ ވަނީ ފަސޭހަކަމާއެކު ގޯލަށް ޖަހާލާފައެވެ.
ދެވަނަ ހާފުގައި އާސެނަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ، އެލެކްސިސް ސަންޗޭޒް ވަނީ ކުޅެން ނިކުންމާފައެވެ. ސަންޗޭޒްގެ އެނބުރި އައުމާއިއެކު އާސެނަލްގެ އެޓޭކު ވަނީ ވަރުގަދަ ވެފައެވެ. ނަތީޖާއެއްގެ ގޮތުން 57 ވަނަ މިނެޓުގައި ސަންޗޭޒް ކުރި އެސިސްޓަކުން ވެލްބެކް ވަނީ ގޯލު ޖަހާފައެވެ.
ނަތީޖާ އެއްވަރުކުރުމަށް އާސެނަލްއިން މަސައްކަތްކުރި ނަމަވެސް ރޭގެ މެޗުގައި އިތުރު ގޯލެއް ޖެހޭނެ ގޮތެއް ނުވިއެވެ. ލިވަޕޫލް ވަނީ މެޗު ނިމެން ވަރަށް ކައިރިވެފައިވަނިކޮށް އާސެނަލްގެ ބަލި ފައި މައްޗަށް ފޮއެ ވައްޓާލައި، ލީޑު 1-3 އަށް ފުޅާކޮށްފައެވެ.
މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފައިވަނީ އޭނާގެ ކުޅުންތެރިން ހުރިހާ ގޮތަކުންވެސް ރޭގެ މެޗުގައި ރަނގަޅު ކަމަށެވެ.