މޯލްޑިވްސް ޕޮލިސް ސާވިސް އިން 21 ކިލޯގެ މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.
ފުލުހުން ނައްތާލާފައިވަނީ އެކިއެކި އޮޕަރޭޝަން ތަކުގައި އަތުލާފައިވާ ހެރޮއިންއާއި ކެނަބިސްއެވެ. އެގޮތުން މިއަދު ނައްތާލާފައިވަނީ 2004 އިން 2008 އާއި ހަމައަށް ފުލުހުން އަތުލާފައިވާ މަސްތުވާތަކެއްޗެވެ.
އޭގެތެރޭގައި 20 ކިލޯގެ ހެރޮއިން ނައްތާލާފައިވާއިރު 1.25 ކިލޯގެ ކެނެބިސް ވަނީ ނައްތާލާފައެވެ. މަސްތުވާތަކެތި ނައްތާލާފައިވަނީ އެކަމާ ބެހޭ ކޮމިޓީގެ މެމްބަރުންގެ ހާޒިރުގައެވެ.
ކޮމިޓީ މެމްބަރުންގެ ތެރޭގައި ރޮސެކިއުޓާ ޖެނެރަލްގެ ވަކީލުންނާއި ފަނޑިޔާރުން ވެސް ހިމެނެއެވެ. މިއީ ހިކި މަސްތުވާތަކެތި މިހާ ގިނައަދަދަކަށް ފަހުގެ ތާރީޚެއްގައި ނައްތާލި ފުރަތަމަ ފަހަރެވެ.