ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ބާބަކިއު ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލި މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ބާބަކިއު ސަރަހައްދުގައި 27 އަހަރުގެ އަންހެނަކު ރޭޕް ކުރިކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ އެރޭ 10:40 ހާއިރު ކަމަށާއި، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ރޭޕްކުރި އަންހެން މީހާގެ ހެދުންތައް އެސަރަހައްދުގައި ވީދާލާފައިވަނިކޮށްވަނީ ފެނިފައެވެ. އޭނާ އޮރިޔާން ހާލުގައި ވަނިކޮށް ފެނިފައިވަނީ އެސަރަހައްދުގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތަކަށެވެ.
މިހާދިސާ ހިންގާފައިވާ ސަރަހައްދަކީ ހުޅުމާލޭގައި ވަރަށް އަނދިކޮށް އޮންނަ ސަރަހައްދެކެވެ.