Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

ރާއްޖޭގައި އޮތީ ޑިމޮކްރެސީއެއް ނޫނޭ ނުބުނެވޭނެ: ރައީސް

ޕީޕީއެމްގެ ހަފްލާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.

ރާއްޖޭގައި އޮތީ ޑިމޮކްރެސީއެއް ނޫނެކޭ ބުނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވީ އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތާއީދު ކުރީމަ އެއީ ޑިމޮކްރެސީ ކަމަށާއި އިސްލާމީ ދައުލަތެއްގައި އިސްލާމީ ނޫން ގައުމެއްގައި އޮންނަ ޑިމޮކްރަސީއާ އެއްގޮތް ނުވާނެ ކަމަށެވެ.
.
" ގިނަ ބަޔަކު ބޭނުންވާ ގޮތަށް ގާނޫނު ފާސްކުރީމަ އެއީ ޑިމޮކްރެސީގެ ނިޒާމް. މިތާ މިއޮތީ ޑިމޮކްރެސީއެއް ނޫނެކޭ ބުނެވޭނެ ގޮތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިިދާޅުވި ގޮތުގައި ސަރުކާރުން ތައްގީއަށް ބޭނުންވާ މުހިންމު ކަންކަން ތަންފީޒުކުރާ އެންމެ އިސްމީހުންގެ ގޮތުގައި ތިބެން ޖެހޭނީ ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މީހުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އިންތިހާބީ ބޮޑެތި މަގާމުތަކުގައި ތިބެން ޖެހޭނީ ސަރުކާރު ޕާޓީގެ މީހުން" ރައީސް ޔާމީން ވިދާޅުވިއެވެ.