Last Updated: June 25, 23:09
Thursday, June 25, 2026
ކުޅިވަރު

ގއ. ޕޮލިސް ޓީމް މޮޅުވި އިރު، ގްރޫޕް އެއްވަނަ ތ. އަތޮޅަށް

ސަދަން އޮޕަރޭޝަން ކޮމާންޑް (އެސްއޯސީ) ހެޑް ކަޕްގައި ގއ. ޕޮލިސް ޓީމާއި ފުވައްމުލަކު ޕޮލިސް ޓީމް ބައްދަލު ކުރި މެޗް ގއ ޕޮލިސް ޓީމުން ކާމިޔާބްކޮށްފިއެވެ.

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗް ގައ. ޕޮލިސް ޓީމުން ކާމިޔާބް ކުރީ 2-1 ލަނޑުންނެވެ. މެޗްގައި ގއ. ޕޮލިސް ޓީމަށް ލަނޑުޖަހާ ދިނީ އާދަމް އުސްމާން އާއި ސައުދު އަހްމަދުއެވެ. ފުވައްމުލަކުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބް ކޮށްދިނީ ޝިހާމްއެވެ.

އިއޔެ ހަވީރު ކުޅުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ދ އަތޮޅު ޕޮލިސް ޓީމާއި ތ. އަތޮޅު ޕޮލިސް ޓީމް ވާދަކުރި ފޯރިގަދަ މެޗް 2-3 ލަނޑުން ކާމިޔާބް ކުރީ ތ އަތޮޅު ޕޮލިސް ޓީމެވެ. މި ނަތީޖާ އާއި އެކު ތ. އަތޮޅު ޕޮލިސް ޓީމް ވަނީ ގްރޫޕްގެ އެއްވަން ހޯދާފައެވެ.

މެޗްގައި ތ އަތޮޅު ޓީމަށް ލަނޑު ޖަހާދިނީ މިގްދާދް އާއި އިސްމާއިލް މާޖިދްގެ އިތުރުން ނަސްރުﷲއެވެ. ދ. އަތޮޅު ޓީމުގެ ލަނޑުތައް ޖަހާދީފައިވަނީ ހަސަން ސިމާހް އާއި އިހްސާންއެވެ.