ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާޠިމަތު އިބްރާހިމްއަށް މުޚާޠަބްކޮށް ސޯޝަލް މީޑިއާގައި ބޭއަދަބީ ބަހުރުވައިން އެއްޗެހި ތަކެއް ޕޯސްޓްކުރި ސިވިލް ސާވިސް މުވައްޒަފަކަށް ފިޔަވަޅު އަޅަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހެލްތުން ފިޔަވަޅު އަޅަން ނިންމާފައިވަނީ ށ. އަތޮޅުގެ ރަށެއްގެ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ. ނަމަވެސް އެމުވައްޒަފު ވަނީ ހެލުތުން ތުހުމަތުކުރާ ފޭސްބުކް އެކައުންޓަކީ އޭނާއާއި ގުޅުމެއް ނުވާ އެކައުންޓެއްކަމަށް ބުނެފައެވެ.
މުވައްޒަފާއި މެދު ފިޔަވަޅު އަޅަން ހެލްތުން ނިންމީ އެއަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން ކޮންމެ މުވައްޒަފެއްގެ ހުންނަން ޖެހޭ ސިފަތަކާ ހިލާފު އަމަލެއް ކަމަށާއި، މުވައްޒަފުންގެ އަހުލާގީ މިންގަނޑަށް ނުފެތޭ އަމަލަކަށްވާތީއާއި، ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ދައުލަތާއި ސަރުކާރާއި އޮފީސް ބަދުނާމުވާ ފަދަ އަމަލަކަށްވާތީ ކަމަށް ބުނެއެވެ.
ރައީސްގެ ދެކަނބަލުންނަށް އަމާޒުކޮށް ބޭއަދަބީ ބަހުން މުޙާޠަބް ކުރި މުވައްޒަފަކަށް ފިޔަވަޅު އަޅަން ނިންމިއިރު ގިނަ ބަޔަކު ދަނީ ރައީސް ޔާމީންގެ ދެކަނަބަލުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.