Last Updated: June 27, 02:30
Saturday, June 27, 2026
މުނިފޫހިފިލުވުން

ކަރަން އަށް އެއްމާބަނޑު ދެ ކުދިން

ބޮލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރް ސަރޮގޭޓްކޮށް އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ.

ޖޯހަރު މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އޭނާވަނީ އެއްމާބަނޑު ދެކުދިންގެ ބައްޕައަކަށްވެފައި ކަމަށާއި މިއީ އޭނާގެ ހަޔާތުގައިވެސް އެންމެ އުފާވި ދުވަސް ކަމުގައެވެ.

އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ކަރަން ޖޯހަރަށް ލިބިފައިވާއިރު ކަރަން ވަނީ އޭނާގެ ކުދިންގެ ސަރޮގޭޓަށް ޝުކުރު އަދާކޮށްފައެވެ. ކަރަން ބުނެފައިވަނީ އޭނާ ވެދިން ގުރުބާނީއަކީ ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމެއް ކަމަށާއި އަބަދުވެސް އޭނާއަށް ހެޔޮ ދުއާ ކުރާނެކަމަށެވެ.

ކަރަންގެ ފިރިހެން ދަރިފުޅަށް ދީފައިވަނީ އޭނާގެ ބައްޕަ ޔަޝްގެ ނަމެވެ. އަދި އަންހެން ދަރިފުޅަށް ދީފައިވާ ނަމަކީ ރޫހީއެވެ. ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު ފިލްމުތައް ޕްރޮޑިއުސް ކުރުމުގައި ހަރަކާތްތެރިވެފައިވާ ކަރަން ޖޯހަރު ވަނީ ކުޗް ކުޗް ހޯތާ ހެއި، މައި ނޭމް އިސް ޚާން ފަދަ މޮޅެތި ފިލްމުތައް ހަދާފައެވެ.

"ކޮފީ ވިތް ކަރަން" ގެ ނަމުގައި އޭނާ އަންނަނީ ގިނަ ބަޔެއްގެ މަގުބޫލުކަން ލިބިފައިވާ ޝޯ އެއްވެސް ކުރިއަށް ގެންދަމުންނެވެ. ބޮލީވުޑްގެ ގިނަ ތަރިންނެއް ދަނީ ކަރަންގެ އުފަލުގައި ބައިވެރިވެ އޭނާއަށް ތަހުނިޔާ ރައްދުކުރަމުންނެވެ.