Last Updated: June 27, 02:30
Saturday, June 27, 2026
ކުޅިވަރު

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގެ ސްޓްރައިކަރ، ޒަލަޓަން އިބްރަހިމޮވިޗް 3 މެޗަށް ސަސްޕެންޑުކޮށްފިއެވެ.

އިނގިރޭސި އެފްއޭ އިން މިއަދު އިބްރަހިމޮވިޗް ސަސްޕެންޑުކޮށްފައިވަނީ ބޯންމައުތާއި ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ބޯންމައުތްގެ ޑިފެންޑަރު މިންގްސްގެ މޫނުގައި ގަސްތުގައި އުޅަނބޮށިން ޖެހިކަން ސާބިތުވުމުންނެވެ.

އިބްރާއާއެކު މިންގްސްއަށްވެސް ވަނީ ގަސްތުގައި އިބްރާގެ މޫނަށް ފައިން އެރި ތަން ވީޑިއޯއިން ފެންނަން ހުރުމުން "ވަޔޮލެންޓ ކޮންޑަކްޓުގެ" ޗާޖުކޮށް ސަސްޕެންޝަނެއް އައިސްފައެވެ.

އިބްރަހިމޮވިޗްގެ މިސަސްޕެންޝަނާއެކު އޭނާއަށް އެފްއޭ ކަޕުގެ 6 ވަނަ ބުރުގައި ޗެލްސީއާ ދެކޮޅަށް ޔުނައިޓެޑު ނިކުންނަ މެޗު ގެއްލޭނެއެވެ. އަދި ޕްރިމިއާ ލީގުގައި ވެސްޓް ބްރޮމްއާއި މިޑްލްސްބްރޮގް ބައްދަލުކުރާ މެޗަށްވެސް ނޭރޭނެއެވެ.

ދެކުޅުންތެރިންނަށްވެސް ވަނީ އަންގާރަ ދުވަހުގެ 18:00 އާއި ހަމައަށް މި ނިންމުންތަކަށް ޖަވާބުދާރީ ވުމަށް ފުރުސަތު ހުޅުވާލާފައެވެ. މެޗަށް ފަހު އިބްރާ ވަނީ އޭނާ ޖެހީ ގަސްތުގައި ނޫން ކަމަށް ބުނެ މިންގްސްއަށް އަނިޔާއެއް ނުވާ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.