ޑިމޮކްރަސީ އަކީ ކޮންމެ 5 އަހަރަކުން އެއްފަހަރު ހޮވޭ މީހަކު އައިސް ޤާނޫނު އަސާސީ ފުނޑާލައި ޤައުމު ލޫޓުވާލުން ނޫން ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރ އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
" ޑިމޮކްރަސީ އަކީ، 5 އަހަރުން އެއްފަހަރު ވޯޯޓުލުމުން ހޮވޭ މީހުން އައިސް ޤާނޫނު އަސާސީ ފުނޑާލާ، ވައްކަން ކުރެވޭ ގޮތަށް ފާސްކޮށް ޤައުމު ލޫޓުވާލުމެއް ނޫން"، އަލީ ހުސައިން ވިދާޅުވެފައިވެއެވެ.
މެންބަރު އަލީ ހުސައިން މިހެން ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގައި މިއޮތީ ޑިމޮކްރަސީ އެއް ނޫން ކަމަށް ބުނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ޓްވިޓާގައި ރައްދު ދެއްވަމުންނެވެ.
ގާނޫނީ ވަކީލު ކަންވެސް ކުރައްވަމުން ގެންދަވަ އަލީ ހުސައިން އަކީ މަޖިލިސް ރައްޔިތުންގެ މަޖިލީހުން ޤާނޫނީ އަސާސީއަށް ބަދަލު ގެނައި ކޮންމެ ފަހަރަކު ވެސް އެކަމާއި ދެކޮޅަށް އެންމެ ވަރުގަދައަށް ވަކާލާތު ކުރެއްވި ބޭފުޅާ ކަން ފާހަގަކޮށްލެވެއެވެ.