Last Updated: July 27, 18:03
Monday, July 27, 2026
ސިޔާސީ

މާލީ ފައިދާއަކަށް އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

ލިބިދާނެ މާލީ ފާއިދާ އަކަށް ގައުމުގެ އިސްތިގްލާލު ގުރުބާން ވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތް ވިދާޅުވެއްޖެއެވެ.

ބިދޭސީންނަށް ރާއްޖޭގެ ބިންތައް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަށް ނުސީދާ ގޮތެއްގައި އަމީތް ފާޑުވިދާޅުވެފައިވާއިރު އޭނާ އަކީ އިސްލާހަށް ވޯޓު ދެއްވި ބޭފުޅެކެވެ.

ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވުމާ އެކު، ކައުންސިލްގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ދުވަސްކޮޅަކު ހުންނެވުމަށް ފަހު އަމީތު ވަނީ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.

ލިބިދާނެ މާލީ ފައިދާއަކަށް ގައުމުގެ އިސްތިގުލާލު ގުރުބާން ކޮށްގެން ނުވާނެ ކަމަށް އަމީތު ވިދާޅުވިއިރު، ފ. އަތޮޅުގައި ތަރައްގީގެ ބިޔަ މަޝްރޫއެެއް ހިންގުމަށް ސައޫދީ އަށް ވިއްކާލަން އުޅޭ ކަމަށް އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.