ރާއްޖޭގެ ފަސް ރަށެއްގައި އެއާޕޯޓު ހެދުމުގެ މަސައްކަތް މެލޭޝިޔާ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
އެއާޕޯޓު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ގުރައިފޯން އެނާޖީ ކޯޕަރޭޝަނާއެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ގުރައިފޯނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ ޗީފް ކޯޕަރޭޓިވް އޮފިސަރު ޑީކް ކުއިންޓަންއެވެ.
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވެފައިވަނީ ފަސް އެއާޕޯޓުގެ މަސައްކަތް 2018 ވަނަ އަހަރު އޮކްޓޫބަރުގައި ނިންމާލެވޭނެ ކަމަށެވެ.
އާ އެއާޕޯޓު އެޅުމަށް ނިންމާފައިވަނީ ގ.ދ ފަރެސްމާތޮޑާ، ހ.ދ ކުޅުދުއްފުށި، ލ.ފުނަދޫ، ފ.ނިލަންދޫ އަދި މާވަރުލުއެވެ.