Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ބްރައިޑަލް ބޮކޭ ކޯސް ނިންމާލައިފި

އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ގުޅިގެން ބޭއްވި ބްރައިޑަލް ބޮކޭ ކޯސް ކާމިޔާން ކަމާއިއެކު ނިންމާލައިފިއެވެ.

60 ބައިވެރިންނާއި އެކު ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަކުރި ބައިވެރިންނަށްވަނީ ރޭ ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އައްޑޫ ސިޓީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި ކުރިއަށް ގެންދިޔަ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރ އަބްދުﷲ ޠޮއްޔިބްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފްއެވެ.

މިރަސްމިއްޔާތުގައި ކޯހުގައި ކިޔަވައިދެއްވި ފާތިމަތު ތަފްސީނާއަށް ވަނީ އަންހެނުންގެ ކޮމެޓީގެ ފަރާތުން ހަނދާނީ ފިލައެއް އަރުވައިފައެވެ. މި ފިލާ ހަވާލުކޮށްދެއްވީ މޭޔަރ އަބްދުﷲ ސާދިގެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަންހެނުންގެ ކޮމެޓީގެ ރައީސާ ޖަމްޝީދާ މުހައްމަދު ވިދާޅުވީ މީގެ ދެވަނަ ކޯހެއް ހުޅުމީދޫގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން އަންނަ އެޕްރީލް މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.

ރޭގެ ރަސްމިއްޔާތަށްފަހު ބައިވެރިން ތައްޔާރުކުރި ތަކެތި ވަނީ ދައްކާލާފައެވެ.