Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ހޯމް މިނިސްޓަރު އައްޑޫގައި

މިނިސްޓަރ ފޯ ހޯމް އެފެއާސް، އަޒްލީން އަހުމަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އައްޑޫއަށް މިނިސްޓަރު ވަޑައިގެންފައިވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ހިތަދޫ ޕޮލިސް ސްޓޭޝަން ރަސްމީގޮތުން ހުޅުވައިދިނުމަށެވެ.

މިއަދު ހަވީރު ހުޅުމީދޫ ފުލުހުންގެ މަރުކަޒު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރުގެ އިސްތިގުބާލުގައި ސަރުކާރަށް ތާއީދުކުރާ ރައްޔިތުންނާއި ބައެއް ސްކޫލް ދަރިވަރުން ވަނީ ގޮސްފައެވެ.