Last Updated: April 30, 16:53
Wednesday, April 30, 2025
ރިޕޯޓް

ސައުދީން އިޔާދަކުރެނިވި ހަކަތައަށް، ކޮޕީކޮށްލަމާ!

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓާ، ސައޫދީ އަރަބިއްޔާއިން 50 ބިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓަކާއެކު 2023 ވަނަ އަހަރާއި ހަމައަށް 10 ގިގަވަޓްގެ ހަކަތަ ސޯލާ އަދި ވައިން އުފައްދާ ހަކަތަައަށް ހެދުމަށް ނިންމައިފިއެވެ.

މިއަހަރުގެ ޖުލައި މަހާއި ހަމައަށް 700 މެގަވަޓްގެ އިއާދަކުރެނިވި ހަކަތަ އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކުން މާޗް 20 ވަނަ ދުވަހާއި ހަމައަށް ބިޑް ހުށައެޅުމަށް ސައުދީގެ ހަކަތައާ ބެހޭ މިނިސްޓްރީއިން ވަނީ އިއުލާން ކޮށްފައެވެ. ބިޑުން ހޮވޭ ފަރާތްތައް އެޕްރިލް 10 ވަނަ ދުވަހު އިއުލާންކޮށް އެޕްރިލް 17ގައި އަމަލީ މަސައްކަތް ފެށުމަށް މިނިސްޓްރީއިން ވަނީ ތައްޔާރުވެފައެވެ.

"މިއީ ވަރަށް ގިނަ ދުވަސްވަންދެން ކުރަން ރާވާފައިވާ ކަމެއްގެ ފެށުން. ސައުދީގެ އަމާޒަކީ އިއާދަކުރެނިވި ހަކަތައިގެވެސް އެއްވަނައަށް އެރުން" މިނިސްޓަރު ޚާލިދް އަލް ފާލިހް ވިދާޅުވެފައިވެއެވެ.

މެދުއިރުމަތީ ގައުމުތަކުގެ ތެރެއިން ސޫދާން، މޮރޮކޯ، ޔޫއޭއީ އަދި ސައުދީ ވަނީ މިހާރު ބޭނުންކުރާ ތެލުގެ މިންވަރު ދަށްކޮށް އިއާދަކުރެނިވި ހަކަތަ އޭގެ ބަދަލުގައި ބޭނުން ކުރަން ފަށާފައެވެ.

ސޯލާ ޕެނެލްތަކާއި ވައިން ކަރަންޓު އުފެއްދުމަށް ބޮޑަށް އަމާޒުކޮށްފައިވާއިރު ސައުދީ އިން ވަނީ ތެލުގެ ބަދަލުގައި އިއާދަކުރެނިވި ހަކަތަ އެގައުމުގެ އިގްތިސޯދީ މައިނާރަށް ހެދުމަށް ކަނޑައަޅާފައެވެ.