Last Updated: June 27, 02:30
Friday, June 26, 2026
ސިޔާސީ

ތޮއްޔިބު ފުލުހަށް ހާޒިރު ކުރަނީ

މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް ތޮއްޔިބު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފިއެވެ.

ޖެހިލުމެއްނެތި ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވަމުންދާ ތޮއްޔިބް ދަނީ ސަރުކާރު ތެރޭގައި ހިނގާފައިވާ ތަފާތު ކަންތައް ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައެވެ.

ތޮއްޔިބް ހާޒިރުވުމަށް އަންގާފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކަމަށް އޭނާ ހާޒިރުވުމަށް އެންގި ޗިޓުގައި ބުނެފައިވެއެވެ.

މީގެކުރިންވެސް މިސަރުކާރުން ވަނީ ސޯޝަލް މީޑިޔާ އެކްޓިވިސްޓެއް ކަމަށްވާ ޝައްމޫން ޖަލީލް(ލޫކަސް) ފުލުހުންނާއި ސިފައިންނާއި މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައެވެ.

އަދި ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަހުމަދު އަޝްރަފް(ޝުމްބާ)ވަނީ ބިރު ދެއްކި މައްސަލައެއްގައި ހައްޔަރުކޮށް، މިހާރު ގޭބަންދަށް ދޫކޮށްލާފައެވެ.