Last Updated: June 30, 14:08
Tuesday, June 30, 2026
މުނިފޫހިފިލުވުން

"ނޫރް" ގެ ޓްރެއިލާ ދައްކާލައިފި

ނޫސްވެރިއެއްގެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއް ނޫންކަން އެންމެނަށްވެސް އެނގެއެވެ. ސޮނާކްޝީ ސިންހާގެ ކުރިއަށް އޮތް ފިލްމް "ނޫރް" އިން އެކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ދެއެވެ.

އެފިލްމުގައި ސޮނާކްޝީ އަދާކުރަނީ ޖާނަލިސްޓެއްގެ ރޯލެވެ. ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ ސުނީލް ސިޕީ އެވެ.

"ނޫރް" ގެ ޓްރެއިލާ މިހާރު ދައްކާލާފައިވާއިރު، އޭގެއިން ފެނިގެންދަނީ މުމްބާއީ އަށް އުފަން ވަރަށް އުފާވެރި އަންހެން ކުއްޖެއްގެ ހަޔާތުގެ ވާހަކައެވެ. އެގޮތުން ބަރުދަން މަތިވުމުގެ ސަބަބުން އޭނާއަށް ދިމާވާ މައްސަލަތަކާއި ލޯބީގެ ހަޔާތުގައި ކުރިމަތިވާ މައްސަލަތަކުގެ ވާހަކަވެސް އެ ޓްރެއިލާއިން ފެނިގެން ދެއެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން އޭނާގެ ޒިންމާތަކަކީ އޭނާއަށް އެހާ މުހިންމު ކަންތައްތަކަކަށް ނުވިނަމަވެސް، ދިރިއުޅުމުގައި ދިމާވާ ކަކަމުން އޭނާ އުޅެމުން އަންނަ ގޮތް މުޅިން ބަދަލުވެގެން ދެއެވެ. އަދި ކުރެވުނު ކުށްތަކުގެ އިހުސާސް ކުރެވި، އެކަންކަން ރަނގަޅު ކުރުމަށް އޭނާ މަސައްކަތް ކުރެއެވެ.

"ނޫރް" އިން އަލަށް ތަޢާރަފްވާ ތަރިންގެ ތެރޭގައި މަޝްހޫރު ކޮމީޑިއަން ކަނަން ގިލް ހިމެނެއެވެ. އަދި މި ފިލްމުގެ މުހިންމު ރޯލްތަކުން ޝިބާނީ ދަންޑޭކަރް އާއި ޕޫރަބް ކޯލީ ވެސް ފެނިގެންދާނެއެވެ.

މި ފިލްމަކީ މަޝްހޫރު ނޯވެލް "ކަރާޗީ، ޔޫ އާ ކިލިން މީ!" ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

"ނޫރް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.