Last Updated: June 25, 20:21
Thursday, June 25, 2026
ސިޔާސީ

މަޖިލީހުގެ ރައީސްގެ ވަކި ކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލީހަށް ދެންމެ ހުށަހަޅައިފިއެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރުނެތްކަމަށް ފާސްވާނީ އެދުވަހުގެ މަޖްލީހަށް ހާޒިރުވި މެމްބަރުންގެ އައްލަބިއްޔަތުންނެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވާކަމަށް އެމްޑީޕީ އާއި ސަރުކާރާއި ދެކޮޅު މެމްބަރުން ވަނީ ބުނެފައެވެ. މެމްބަރުން މިއަދު މަޖްލިސް ކުރާ ގޭގެ ކުރިމަތީގައި ނޫސްވެރިންނާއި ބައްދަލުކޮށް ވިދާޅުވީ މަޖްލިސްގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 26 މެމްބަރުންގެ ސޮޔާއިއެކުކަމަށެވެ.

މަސީހުގެ އިތުބާރުނެތކަމުގެ ވޯޓު ނެގުމުގައި އިސްކޮށް ހަރަކާތްތެރިވާ ދިއްގަރު ދާއިރާގެ މެމްބަރު ފާރިޝް މައުމޫން ވިދާޅުވީ މަސީހް މަޖްލިސް ހިންގަވަމުންދަނީ ގަވާއިދާއި ހިލާފަށް ކަމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ މަސީހު ބޭރުކުރުގެ ކަންކަމުގައި ހުރިހާ ޕާޓީއަކުން އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލް ކުރައްވާކަމަށެވެ.