Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހިތަދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި

ސ. ހިތަދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު ހެނދުނު 10:00 ގައި ބޭއްވި ރަސްމިއްޔާތެއްގައި ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒު އަޒުލީން އަޙުމަދާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފެވެ.

ސްޓޭޝަން ހުޅުވައްދެއްވުމަށްފަހު މިނިސްޓަރާއި ސީޕީވަނީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ގައުމީ ދިދައާއި، ފުލުހުންގެ ދިދަ ނަންގަވައި ދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ އާއި، ފުލުހުންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވެ. އަދި އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު އަބްދުﷲ ތައްޔިބާއި، ހިތަދޫ ދެކުނުދާއިރާގެ ކައުންސިލަރ މުހައްމަދު ޔަސްރިފް ބައިވެރިވެ ވަޑައިގެންނެވިއެވެ.