Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ޔޫއެންޑީޕީން ޒުމްބާ މާސްޓާ ކްލާހެއް ބާއްވަނީ

އަންހެނުންގެ ދުވަހާއި ގުޅުވައިގެން ވަރަށް ޚާއްސަ ޒުމްބާ މާސްޓާ ކްލާހެއް ގްލޯ ފިޓް އިން ހޯސްޓް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޤިޔާސުއްދީން ސްކޫލްގައި ބާއްވާ މި ކްލާސް އޮންނާނީ މާދަމާ ރޭ އެވެ. އެގޮތުން 20:15 ގައި ފެށޭ ފުރަތަމަ ކްލާސް ޚާއްސަ ކޮށްފައި ވަނީ ދެޖިންސުގެ މީހުންނަށް ކަމުގައި ވިޔަސް، 21:15 ގެ ކްލާސް ޚާއްސަ ކޮށްފައި ވަނީ ހަމައެކަނި އަންހެން ކަނބަލުންނަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ ކްލާހަކީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޙަރަކާތެކެވެ.

އެ ކްލާސް ހޯސްޓް ކުރާ ފަރާތަކީ ގްލޯ ފިޓް ކަމުގައި ވިޔަސް، އިތުރު އަށް ޖިމަކުން އޭގައި ބައިވެރިވާނެއެވެ. އެ ހުރިހާ ޖިމްތަކަކުން ވެސް އެ ޙަރަކާތުގައި ބައިވެރިވުމަށް ޓިކެޓް ލިބެން ހުންނާނެއެވެ.