Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހޯމް މިނިސްޓަރ ފޭދޫގެ ޒުވާނުންނާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އަޒްލީން ފޭދޫ ޒުވާނުންނާއި އެކު. ފޮޓޯ: ސޯޝަލް މީޑިޔާ

ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ފޭދޫގެ ބައެއް ޒުވާނުންނާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު ޒުވާނުންނާއި ބައްދަލު ކުރެއްވުން އޮތީ ފޭދޫ ބަނދަރުމަތީގައި ހުންނަ ޕީޕީއެމް އޮފީހުގައެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ފޭދޫގެ ބައެއް ޒުވާނުންގެ އިތުރުން އެރަށުގައި ތިބި ޕީޕީއެމްގެ މެންބަރުން ވެސް ބައިވެރިވެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ ވަނީ މި ބައްދަލުވުމުގައި ޕީޕީއެމްގެ މެންބަރުންގެ ކަންބޮޑުވުންތައް އޮޅުން ފިލުވާފައެވެ.

މިނިސްޓަރ އަޒްލީންގެ އިތުރުން މި ބައްދަލުވުމުގައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދާދިފަހުން އައްޑޫގައި ބޭއްވި ޕީޕީއެމްގެ ސައިކަލް ބުރަކަށް ފަހު ފޭދޫ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ދީދީ ވަނީ އައްޑޫގެ ޒުވާނުންގެ %90 ތިބީ ޕީޕީއެމް އާއި އެކު ކަމަށް ވިދާޅުވެފައެވެ.