Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ނުކުޅެދޭ މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް

ހުޅަނގު އިންޑިއާގެ ކޯޓަކުން ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށާއި އިތުރު ހަތަރު މީހަކަށް، މައޯއިސްޓް ގްރޫޕާއި ގުޅުން އޮންނަ ކަމަށާއި އެމީހުންނާއި އެކު ސަރުކާރާއި ދެކޮޅަށް ޙަރަކާތްތައް ރާވާ ކަމުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ.

ދިއްލީ ޔުނިވާސިޓީގެ ޕްރޮފެސާ ޖީއެން ސާއިބާބާ އަކީ އުނަގަނޑުން ތިރިން ވާގި ނެތިފައިވާ މީހެކެވެ. މީގެ ތިން އަހަރު ކުރިން ފުލުހުން އޭނާ ހައްޔަރު ކުރި ނަމަވެސް، އޭނާ ވަނީ ޖަލުން ބެއިލް ކޮށްފައެވެ.

އޭނާގެ އާއިލާއިން ދަނީ އެމައްސަލަ ކޯޓްގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު މައޯއިސްޓް ފަރާތްތަކުން ބުނާ ގޮތުގައި އެމީހުން މަސައްކަތް ކުރަނީ ކޮމިއުނިސްޓް ވެރިކަމާއި ދެކޮޅަށާއި ފަޤީރުންގެ ޙައްޤުތަކަށްޓަކައެވެ.

މަހަރާޝްތްރާގެ ކޯޓަކުން ވަނީ ޕްރޮފެސާ ސާއިބާބާ އާއި އިތުރު ހަތަރު މީހަކު ޤައުމާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ތައްޔާރުވާކަމަށް ސާބިތުވާ ކަމަށް ބުނެފައެވެ.

ކޯޓުން ކުރި ޙުކުމްގައި ޤާޒީ ވިދާޅުވީ ޕްރޮފެސާ ސާއިބާބާ އަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ވިޔަސް، ނަފްސާނީ ގޮތުން ފުރިހަމައަށް ކުޅެދޭ މީހަކު ކަމަށާއި، އުމުރު ދުވަހަށް ޖަލަށް ލުމަކީ ކުރެވުނު ތުހުމަތަށް އެކަށީގެންވާ ވަރުގެ އަދަބެއް ނޫންކަމަށެވެ.