މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ފޭވަރިޓްގެ ގޮތުގައި ހިމެނުނު އައްޑޫ ހައި ސްކޫލް ކޮޅަށް އިރުޝާދިއްޔާ ސްކޫލުން 5 ލަނޑު ޖަހައި އެޓީމް ސިއްސުވާލައިފިއެވެ.

ހައި ސްކޫލުގެ ރަފާހް އިބްރާހިމް މެޗްގެ ކުރީ ކޮޅު ޖެހި ގޯލާއި އެކު ލީޑްގައި އޮތްވައި އެޓީމް މޮޅުކޮށްދިނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރުޝާދިއްޔާގެ ހުސެއިން އައިކުއެވެ. ފުރަތަމަ ހާފް ނިންމާލީ އައިކުގެ ދެލަނޑާއި އެކު އިރުޝާދިއްޔާ ސްކޫލް ކުރީގައި އޮވެގެންނެވެ.

މެޗްގައި އިރުޝާދިއްޔާއިން ޖެހި 5 ލަނޑުގެ ތެރެއިން 4 ލަނޑު ޖެހީ އައިކުއެވެ. އެޓީމްގެ 5 ވަނަ ލަނޑު ޖެހީ އަހްމަދު ލޫޠު އައްބާސްއެވެ. ހައި ސްކޫލްގެ ދެލަނޑުވެސް ޖަހާދީފައިވަނީ ރަފާހް އިބްރާހިމްއެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ހިތަދޫ ސްކޫލާއި، ޝަރަފުއްދީން ސްކޫލެވެ.