Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ކުރިއަށް ގެންދާކަށް ނުފެނޭ: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރާއްޖެއިން ބޭރުގައި ހިލޭ އަންހެނުންނާއި ބަދުއަޚުލާގީ އަމަލު ހިންގި މަންޒަރު ދައްކައިދޭ ވީޑިއޯގެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް އެމައްސަލަ އަލުން ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއެވެ. އަލްހާން މައްސަލަ ހުށައަޅަމުން ވިދާޅުވެފައިވަނީ އަލް ޖަޒީރާފަދަ ބައިނަލް އަގުވާމީ ނޫސް އޭޖެންސީއަކުން މިމައްސަލަ ރިޕޯޓުކުރުމުން އެއީ ބަލަން ޖެހޭނެ މައްސަލައެއް ކަމަށެވެ.

ޖަވާބުގައި ޖޭއެސްސީ އިން ވިދާޅުވެފައިވަނީ މައްސަލައަކީ ކުރިން ބަލައި، ގޮތެއް ނިންމާފައިވާ މައްސަލައަކަށް ވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި މިހާރު އަލްހާނަށް ވަނީ އެކަން އަންގާފައި ކަމަށްވެސް ޖޭއެސްސީ އިން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން އެމައްސަލަ ބެލުމަށްފަހު ޖޭއެސްސީ އިން ނިންމާފައިވަނީ އެ ވީޑިއޯ އިން ފެންނަނީ ފަނޑިޔާރު އަލީ ހަމީދުކަން ސާބިތު ނުވާކަމަށެވެ. އެހެންވެ އަލީ ހަމީދާއި މެދު ޖީއެސްސީ އިން ވަނީ އެއްވެސް ފިޔަވަޅެއް ނާޅާ މައްސަލަ ނިންމާލާފައެވެ.