Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން ކަރަންޓު ކަނޑަނީ

އައްޑޫ ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް އޮފީސް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

މިދުވަސްކޮޅަކީ އާދަޔާ ޚިލާފަށް ހޫނުގަދަ ދުވަސްކޮޅަކަށް ވުމުން، އައްޑޫ ސިޓީ މަރުކަޒީ އިންޖީނުގޭގައި ހިންގަން ހުރި ޖަނަރޭޓަރުތަކުން އުފެއްދޭ ކަރަންޓަށްވުރެ މެންދުރުހޫނު ވަގުތުތަކުގައި ނަގާ ލޯޑް މަތިވެއްޖެނަމަ ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ލޯޑު މަތިވެއްޖެނަމަ ކަރަންޓު ކެނޑުމަށް ފެނަކަ އިން ނިންމާފައިވަނީ ހެނދުނު 11:00 އިން ފެށިގެން 16:00 ދެމެދުގެ 1 ގަޑިއިރަށެވެ. ނަމަވެސް އެވަގުތުތަކުގައި ކަރަންޓު މަތި ނުވާނަމަ ކަރަންޓު ކަނޑަން ނުޖެހޭނެ ކަމަށް ފެނަކަ އިން ހާމަކޮށްފައިވެއެވެ.

އަދި މިވަގުތުތަކުގައި އާންމުންގެ ފަރާތުން ކޮންމެހެން ބޭނުންކުރަން ޖެހުމުން ނޫނީ މަތީ ލޯޑްގެ ކަރަންޓު ބޭނުންނުކުރުމަށާއި ވީހާވެސް މަދުކުރުމަށް ފެނަކައިން ވަނީ އާންމުންގެ ފަރާތުން އެދިފައެވެ.

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަޝްވަރާތަކެއް ކުރެވި، އަދިވެސް މުޅިން ހައްލެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.