Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ލޫކަސް ޕޮލިހަށް ހާޒިރު ކުރަނީ

ސޯޝަލް މީޑިއާގައި މަޝްހޫރު އެކްޓިވިސްޓް، ޝަމްއޫން ޖަލީލު (ލޫކަސް ޖަލީލު) ފުލުހަށް ހާޒިރުކުރަން ޗިޓް ފޮނުވައިފިއެވެ.

ޝަމްއޫން ޖަލީލަށް ބުރާސްފަތި ދުވަހު ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ ހުކުރު ދުވަހުގެ މެންދުރު 14:30 ގައި ފުލުހަށް ހާޒިރުވާން ޖެހޭ ކަމަށެވެ.

ފުލުހުން ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ ހާޒިރުކުރަނީ ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފްކުރަން ކަމަށެވެ.

މީގެ ކުރިން ވެސް ލޫކަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ގައުމުގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާ ކަމަށް ބުނެއެވެ. ނަމަވެސް އެކަށީގެންވާ ހެކިނެތުމުގެ ސަބަބުން އެ މައްސަލައިގައި ލޫކަސްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.