Last Updated: June 30, 13:05
Tuesday, June 30, 2026
މުނިފޫހިފިލުވުން

އައިޝްގެ ބައްޕަގެ ހާލު ވަރަށް ސީރިއަސް

ކުރީގެ މިސް ވޯލްޑް އަދި ބޮލީވުޑްގެ އަންހެން ބަތަލާ އައިޝްވާރްޔާ ރާއި ބައްޗަންގެ ބައްޕަ ކްރިޝްނާރާޖް ރާއި މީގެ ދެ ހަފްތާ ކުރިން މުމްބާއީގެ ލިލާވަތީ ހޮސްޕިޓަލްގައި އެޑްމިޑް ކުރެވުނުއިރު، އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެންމެ ފަހުގެ ރިޕޯޓްތައް ބުނެއެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓް ކުރާ ގޮތުގައި އަންގާރަ ދުވަހުގެ ހަވީރު އޭނާ ވަނީ އައިސީޔޫ އަށް ބަދަލު ކުރެވިފައެވެ. އަދި އައިޝްވާރްޔާ އާއި ފިރިހެނުން އަބީޝޭކް ބައްޗަން އަންގާރަ ދުވަހުގެ ރޭ ހޮސްޕިޓަލުން ފެނިފައިވާއިރު، އަމީތާބް ބައްޗަން އާއި މޭކަޕް އާޓިސްޓެއް ކަމަށްވާ މިކީ ކޮންޓްރެކްޓާ ވެސް ވަނީ ބުދ ދުވަހުގެ ރޭ އައިޝްގެ ބައްޕަ ގާތަށް ޒިޔާރަތް ކޮށްފައެވެ.

ކްރިޝްނާރާޖް ރާއި އަށް ވަނީ މިއަހަރުގެ ޖެނުއަރީ މަހުވެސް އެފަދަ ސިއްޙީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. އެފަހަރުވެސް އޭނާ ވަނީ ހަމަ އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ބައްޕަގެ ހާލު ސީރިއަސްވުމުން އައިޝްވާރްޔާ ދުބާއީ އަށް ކުރި ޗުއްޓީ ދަތުރުވެސް މެދުކަނޑާލުމަށްފަހު ވަނީ އެނބުރި އިންޑިއާ އަށް އައިސްފައެވެ.